ކޯޓުގެ އިޚްތިޞާޞް

އަންނަނިވި ޤާނޫނުތަކުގެ ދަށުން ހުށަހަޅާ މައްސަލަ ބެލުމުގެ އިޚްތިޞާޞް މި ކޯޓަށް ލިބިގެންވެއެވެ.

ޤާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ބަލާ މައްސަލަތައް.

 

ޤާނޫނު ނަންބަރު: 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ ދަށުން ބަލާ މައްސަލަތައް.

ޤާނޫނު ނަންބަރު : 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ މައްސަލަތައް.

ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ބަލާ މައްސަލަތައް.

 

ޤާނޫނު ނަންބަރު 31/20121 [ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު] ގެ 60.5 ގެ ދަށުން ބަލާ މައްސަލަ.