ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ މައި އިދާރާގެ ގޮތުގައި ކުރިން އޮތް މަޙްކަމަތުއް ޝަރުޢިއްޔާއަށް 12 ޝަޢުބާން 1370 ވަނަ އަހަރު ގެނެވުނު އިޞްލާޙުގެ ދަށުން އެކި ބާވަތުގެ މައްސަލަ އެކި މޭޒުން ބަލާގޮތަށް ހަމަޖެހުނެވެ. އަދި 31 އޮގަސްޓު 1955 ގައި، ލިޢާން ކުރުމުގެ މައްސަލަތަކާއި ފަސްޚު ކުރުމުގެ މައްސަލަތައް ފަނޑިޔާރު ބޭކަލުން ބައްލަވާގޮތަށް ކަނޑައެޅިގެންދިޔައިރު، ދެމަފިރިންނާ ގުޅޭ ޤަޟިއްޔާތަކުގެ ތެރެއިން ޚަރަދެއް ދަރަންޏެއް ދޭންޖެހޭ ޤަޟިއްޔާތައް ނައިބު ބޭކަލުން ބެއްލެވުމަށް ޙަވާލުކުރެވުނެވެ. ހަމައެއާއެކު ކާވެންޏާއި ވަރީގެ މައްސަލަތަކުގެ ތެރެއިން ހުވާ ކުރުން ލާޒިމު ނުވާވަރުގެ ކަންކަން އަވަށުވެރިގޭގައި ނިންމާގޮތަށް މަޙްކަމަތުއް ޝަރުޢިއްޔާއަށް އިސްލާޙްގެނެވުނެވެ.
- 02 އޮގަސްޓު 1966 ގައި، ތަރުތީބު ކުރެވިފައިވާ ވަކި އިންތިޒާމެއްގެ ދަށުން މަޙްކަމަތު ޝަރުޢިއްޔާގެ މަސައްކަތްތައް ބައްސަވައި، ޢާއިލީ މައްސަލަތައް ބެއްލެވުން ޤާޟީ މޫސާ ޖަމީލްއާ ޙަވާލުކުރެވިފައެވެ.
- 17 ޖޫން 1967 ގައި، މަޙްކަމަތުއް ޝަރުޢިއްޔާ(ބ) އިން ޢާއިލީ މައްސަލަތައް ބެލުމަށް ހަމަޖެހުނެވެ. އެފަހަރު ވެސް މި ބާވަތުގެ މައްސަލަތައް ބެއްލެވުމަށް ޤާޟީ މޫސާ ޖަމީލް ހަމަޖެހުނެވެ.
- 08 ޑިސެންބަރު 1968ގައި މަޙްކަމަތުއްޝަރުޢިއްޔާ(ބ) އިން ކުރައްވަމުން ގެންދެވި މަސައްކަތްތައް އަލަށް ޤާއިމު ކުރެވުނު މެރިޖް ރަޖިސްޓްރޭޝަން ޑިވިޜަނަށް ބަދަލުކުރެވި، މައްސަލަތައް ހުށަހެޅޭ ނިސްބަތާއި އަދަދަށް ބަލައި އިސްވެ ބުނެވިދިޔަ ޑިވިޜަންތައް މުރާޖަޢާ ކުރެވި އަލުން ކޯޓުތައް ތަރުތީބު ކުރެވުނެވެ.
- ކޯޓު ނަންބަރު 01 ން ފެށިގެން ކޯޓު ނަންބަރު 08 ގެ ނިޔަލަށް ކޯޓުތައް އުފައްދަވައި ކޯޓު ނަންބަރު 01 ގެ ނަމުގައި ކާވެނި ކޮށްދިނުމާއި ވަރީގެ މައްސަލަތައް ބެލުމަށް ޚާއްޞަ ކޯޓެއް މިހާރުގެ އަތޮޅު ފިހާރަތައް ހުރި އިމާރާތުގައި ޤާއިމުކުރެވުނެވެ. އަދި އޭގެ ފަހުން ކުރިން ހުރި 08 ކޯޓު 04 ކޯޓަށް މަދު ކުރެވުނެވެ.
- މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން ހިންގަމުން އައި ކޯޓު ނަންބަރު 1 ގެ މަސައްކަތް 1997 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 01 ވަނަ ދުވަހު ޤާއިމު ކުރެވުނު ޢާއިލާއާ ބެހޭ ކޯޓަށް ބަދަލު ކުރެވުނެވެ. މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 07 ވަނަ ދުވަހު ތަޞްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ “ޢަދުލުއިންޞާފު ޤާއިމްކުރުމުގެ ބާރު” މިބައިގައި ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓު ތަކަށް ކަމުގައި ބަޔާން ކޮށްފައިވެއެވެ.
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ތާރީޚުގައި 2010 ވަނަ އަހަރުގެ އޮކްޓޯބަރ 21 ވަނަ ދުވަހަކީ ފާހަގަ ކޮއްލެވޭ ދުވަހެކެވެ. އެދުވަހަކީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ވަކި ޤާނޫނަކަށް ޢަމަލުކުރަން ފެށުނު ދުވަހެވެ. ޤާނޫނު ނަންބަރު: 2010/22 “ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު”ގެ 4 ވަނަ ބާބުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މިއަދު އަޅުގަނޑުމެން މިދެކޭ ފެމިލީ ކޯޓު ވުޖޫދުވެގެންދިޔަ ދުވަހެވެ.
ޢާއިލާއާބެހޭ ކޯޓާއި ފެމިލީ ކޯޓުގައި އިސްޤާޟީކަން ކުރައްވާފައިވާ ބޭފުޅުން
އަލްއުސްތާޛު އަޙްމަދު މުޙައްމަދު
އިސްޤާޟީ
އަލްއުސްތާޛު ޔޫސުފު ޙުސައިން
އިސްޤާޟީ
އަލްއުސްތާޛު ޙަސަން ސަޢީދު
އިސްޤާޟީ
އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު
އިސްޤާޟީ
އަލްއުސްތާޛު އިބްރާހީމް މާހިރު
އިސް ޤާޟީ
ޢާއިލާއާބެހޭ ކޯޓާއި ފެމިލީ ކޯޓުގައި ޤާޟީކަން ކުރައްވާފައިވާ ބޭފުޅުން
އަލްއުސްތާޛު ޔޫސުފު ޙުސައިން
ޤާޟީ
އަލްއުސްތާޛު އަޙްމަދު މުޙައްމަދު
ޤާޟީ
އަލްއުސްތާޛު ޢަބްދުލްކަރީމް މުޙައްމަދު
ޤާޟީ
އަލްފާޟިލް އަޙްމަދު ސާލިހް އިބްރާހީމް
ޤާޟީ
އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ޤާޟީ
އަލްފާޟިލް ޢީސާ އިބްރާހީމް
ޤާޟީ
އައްޝައިޚް އަބްދުއްސައްތާރު އާދަމް
ޤާޟީ
އަލްއުސްތާޛު އިބްރާހީމް ޢަލީ
ޤާޟީ
އަލްއުސްތާޛު މުޙައްމަދު ސަމީރު
ޤާޟީ
އަލްއުސްތާޛް އަޙުމަދު ޝަކީލް
ޤާޟީ
އަލްއުސްތާޛު ޙަސަން ޝަފީޢު
ޤާޟީ
އަލްއުސްތާޛު ޙަސަން ސަޢީދު
ޤާޟީ
އައްޝައިޚް ޢަބްދުﷲ އަދީބް
ޤާޟީ
އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު
ޤާޟީ
އަލްއުސްތާޛު އަޙްމަދު މުޞްތަފާ
ޤާޟީ
އަލްއުސްތާޛު އިބްރާހީމް މާހިރު
ޤާޟީ
