ޢާއިލީ މައްސަލަތައް ޙައްލުކުރުން

ޞުލްޙަވެރިކަމާއެކު ދެފަރާތުން ވާހަކަ ދައްކައިގެން ދެފަރާތް އެއްބަސްވާ ޞުލްޙަވެރި ހައްލަކާ ހަމައަށް ވާޞިލުވުމަށް މަސައްކަތް ކުރުން. އަދި ކާވެނި ރޫޅިގެންދާ ޙާލަތެއްގައި މައިންބަފައިންގެ ހައިސިއްޔަތުން ޞުލްޙަވެރިކަމާއެކު ދެފަރާތުން ގުޅިގެން ކުދިންގެ ކަންކަމުގައި މަސައްކަތް ކުރުމަށް ވެވޭ ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުން. މީގެއިތުރުން ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި ކުދިންގެ ބަސް ނެގުމާއި ޙާލަތު ދެނެގަތުމަށް އެސެސްމަންޓް ތައްޔާރު ކުރުން.  

ވަރިކުރުމަށް އަދި ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ދަރިންނާ ގުޅުންހުރި މައްސަލަތަކާއި މީގެ އިތުރުން ދެފަރާތުން ވާހަކަ ދައްކައިގެން ޞުލްޙަވެރި ޙައްލަކާ ހަމައަށް ވާޞިލުވެވިދާނެކަމަށް ފެންނަ ކޮންމެ މައްސަލައެއް. 

  • ޞުލްޙަވެރިކަމާއެކު ވާހަކަ ދައްކައިގެން ދެފަރާތް އެއްބަސްވާ ޙައްލަކާ ހަމައަށް ވާޞިލުވުމަށް ފުރުޞަތު ލިބުން. 
  • ދެފަރާތުގެ ދެމެދުގައި ހުރި މައްސަލަތަކާއި މަޞްލަޙަތުތައް ދެނެގަނެވުން. 
  • ދެފަރާތުގެ ދެމެދުގައި އޮތް ޚުޞޫމަތު (ދެކޮޅުވެރިކަން) ނައްތާލެވުން ނުވަތަ ކުޑަކުރެވުން. 

ދެފަރާތެއްގެ ދެމެދުގައިވާ މައްސަލައެއް ޙައްލުކުރުމަށް މީޑިއޭޓަރ އަދާކުރާނީ ވަކި ފަރާތަކަށް ނުޖެހޭ މެދުވެރިއެއްގެ ދައުރު.  މީޑިއޭޓަރ މަސައްކަތް ކުރާނީ ދެފަރާތާއި މަޝްވަރާކޮށްގެން މައްސަލައިގައި ދެފަރާތް އެއްބަސްވާ ޞުލްޙަވެރި ޙައްލަކާއި ހަމައަށް ވާސިލުވުމަށް.  

މަޞްލަހަތަށް އިސްކަންދީ،  ޒުވާބުކޮށް ޖަދަލުކުރުމުގެ ބަދަލުގައި ޞުލްޙަވެރިކަމާއެކު ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރުން.  

މީޑިއޭޝަން ސެޝަންތައް މައްސަލައިގައި ޝާމިލްވާ ދެފަރާތާއެކު އަދި ކޮންމެ ފަރާތަކާއި ވަކިންވެސް ބޭއްވޭނެ. މީގެ އިތުރުން މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ޢާއިލާއިން ޙަކަމުން ޙާޟިރުކުރެވި ބައްދަލުވުން ބޭއްވޭނެ. 

ދެފަރާތުގެ ޢާއިލާއިން ދެ ފަރާތުގެ ޙާލަތު އެނގޭ ޒިންމާދާރު ފަރާތްތައް. 

ޞުލްހައިގެ އެއްބަސްވުމުގެ ތެރޭގައި ޞުލްހަވެރިކަމާއެކު ކާވެނި ދެމެހެއްޓުމަށް ދެފަރާތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމާއި އަދި ޞުލްހަވެރި ޙައްލަކަށް ވާޞިލުނުވެވި ކާވެނި ރޫޅިގެންދާ ޙާލަތެއްގައި ދަރިން ތިބިނަމަ މައިންބަފައިންގެ ހައިސިއްޔަތުން ޞުލްޙަވެރިކަމާއެކު ދެފަރާތުން ގުޅިގެން ކުދިންގެ ކަންކަމުގެ މަސައްކަތް ކުރުމަށް ވެވޭ ޞުލްޙައިގެ އެއްބަސްވުން ހިމެނޭ. 

ވަރިއަށް ހުށަހެޅޭ މައްސަލަތަކުގައި ވަރިއަކަށް ނުގޮސް ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ޞުލްޙަވެރި ކަމާއެކު  ކާވެނި ދެމެހެއްޓިގެން ދިޔުން. ޞުލްހަވެރި ޙައްލަކަށް ވާޞިލުނުވެވި ކާވެނި ރޫޅިގެންދާ ޙާލަތެއްގައި، ދެފަރާތުގެ ދެމެދުގައި ހުރި ޚިޔާލު ތަފާތުވުންތަކާއި ހިތްހަމަނުޖެހުން ކުޑަ ކުރެވި، ދެފަރާތުން އަދާކުރަން ޖެހޭ ޒިންމާތައް ސާފުވެ އެނގި ދަރިންގެ  މަޞްލަޙަތަށް އިސްކަން ދެވުން. 

އެންމެ ލަސްވެގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭ ބަޔަށް ހުށަހެޅޭ މައްސަލަތައް ނިންމައި ޝަރީޢަތަށް ފޮނުވާނެ.