ކޯޓުގެ ތާރީޚު

ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ މައި އިދާރާގެ ގޮތުގައި ކުރިން އޮތް މަޙްކަމަތުއް ޝަރުޢިއްޔާއަށް 12 ޝަޢުބާން 1370 ވަނަ އަހަރު ގެނެވުނު އިޞްލާޙުގެ ދަށުން އެކި ބާވަތުގެ މައްސަލަ އެކި މޭޒުން ބަލާގޮތަށް ހަމަޖެހުނެވެ. އަދި 31 އޮގަސްޓު 1955 ގައި،  ލިޢާން ކުރުމުގެ މައްސަލަތަކާއި ފަސްޚު ކުރުމުގެ މައްސަލަތައް ފަނޑިޔާރު ބޭކަލުން ބައްލަވާގޮތަށް ކަނޑައެޅިގެންދިޔައިރު، ދެމަފިރިންނާ ގުޅޭ ޤަޟިއްޔާތަކުގެ ތެރެއިން ޚަރަދެއް ދަރަންޏެއް ދޭންޖެހޭ ޤަޟިއްޔާތައް ނައިބު ބޭކަލުން ބެއްލެވުމަށް ޙަވާލުކުރެވުނެވެ. ހަމައެއާއެކު ކާވެންޏާއި ވަރީގެ މައްސަލަތަކުގެ ތެރެއިން ހުވާ ކުރުން ލާޒިމު ނުވާވަރުގެ ކަންކަން އަވަށުވެރިގޭގައި ނިންމާގޮތަށް މަޙްކަމަތުއް ޝަރުޢިއްޔާއަށް އިސްލާޙްގެނެވުނެވެ.

  • 02 އޮގަސްޓު 1966 ގައި، ތަރުތީބު ކުރެވިފައިވާ ވަކި އިންތިޒާމެއްގެ ދަށުން މަޙްކަމަތު ޝަރުޢިއްޔާގެ މަސައްކަތްތައް ބައްސަވައި، ޢާއިލީ މައްސަލަތައް ބެއްލެވުން ޤާޟީ މޫސާ ޖަމީލްއާ ޙަވާލުކުރެވިފައެވެ.
  • 17 ޖޫން 1967 ގައި، މަޙްކަމަތުއް ޝަރުޢިއްޔާ(ބ) އިން ޢާއިލީ މައްސަލަތައް ބެލުމަށް ހަމަޖެހުނެވެ. އެފަހަރު ވެސް މި ބާވަތުގެ މައްސަލަތައް ބެއްލެވުމަށް ޤާޟީ މޫސާ ޖަމީލް ހަމަޖެހުނެވެ.
  • 08 ޑިސެންބަރު 1968ގައި މަޙްކަމަތުއްޝަރުޢިއްޔާ(ބ) އިން ކުރައްވަމުން ގެންދެވި މަސައްކަތްތައް އަލަށް ޤާއިމު ކުރެވުނު މެރިޖް ރަޖިސްޓްރޭޝަން ޑިވިޜަނަށް ބަދަލުކުރެވި، މައްސަލަތައް ހުށަހެޅޭ ނިސްބަތާއި އަދަދަށް ބަލައި އިސްވެ ބުނެވިދިޔަ ޑިވިޜަންތައް މުރާޖަޢާ ކުރެވި އަލުން ކޯޓުތައް ތަރުތީބު ކުރެވުނެވެ.
  • ކޯޓު ނަންބަރު 01 ން ފެށިގެން ކޯޓު ނަންބަރު 08 ގެ ނިޔަލަށް ކޯޓުތައް އުފައްދަވައި ކޯޓު ނަންބަރު 01 ގެ ނަމުގައި ކާވެނި ކޮށްދިނުމާއި ވަރީގެ މައްސަލަތައް ބެލުމަށް ޚާއްޞަ ކޯޓެއް މިހާރުގެ އަތޮޅު ފިހާރަތައް ހުރި އިމާރާތުގައި ޤާއިމުކުރެވުނެވެ.  އަދި އޭގެ ފަހުން ކުރިން ހުރި 08 ކޯޓު 04 ކޯޓަށް މަދު  ކުރެވުނެވެ.
  • މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން ހިންގަމުން އައި ކޯޓު ނަންބަރު 1 ގެ މަސައްކަތް 1997 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 01 ވަނަ ދުވަހު ޤާއިމު ކުރެވުނު ޢާއިލާއާ ބެހޭ ކޯޓަށް ބަދަލު ކުރެވުނެވެ. މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 07 ވަނަ ދުވަހު ތަޞްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ “ޢަދުލުއިންޞާފު ޤާއިމްކުރުމުގެ ބާރު” މިބައިގައި ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓު ތަކަށް ކަމުގައި ބަޔާން ކޮށްފައިވެއެވެ.
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ތާރީޚުގައި 2010 ވަނަ އަހަރުގެ އޮކްޓޯބަރ 21 ވަނަ ދުވަހަކީ ފާހަގަ ކޮއްލެވޭ ދުވަހެކެވެ. އެދުވަހަކީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ވަކި ޤާނޫނަކަށް ޢަމަލުކުރަން ފެށުނު ދުވަހެވެ. ޤާނޫނު ނަންބަރު: 2010/22 “ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު”ގެ 4 ވަނަ ބާބުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މިއަދު އަޅުގަނޑުމެން މިދެކޭ ފެމިލީ ކޯޓު ވުޖޫދުވެގެންދިޔަ ދުވަހެވެ.

ޢާއިލާއާބެހޭ ކޯޓާއި ފެމިލީ ކޯޓުގައި އިސްޤާޟީކަން ކުރައްވާފައިވާ ބޭފުޅުން

ahmed abdullah
އަލްއުސްތާޛު އަޙްމަދު މުޙައްމަދު
އިސްޤާޟީ
Yoosuf Hussain
އަލްއުސްތާޛު ޔޫސުފު ޙުސައިން
އިސްޤާޟީ
Hassan Saeed
އަލްއުސްތާޛު ޙަސަން ސަޢީދު
އިސްޤާޟީ
7131fed634efd22b9ca33ec74bb10997
އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު
އިސްޤާޟީ
58a28f3a40456e0a49df147c3217559d
އަލްއުސްތާޛު އިބްރާހީމް މާހިރު
އިސް ޤާޟީ

ޢާއިލާއާބެހޭ ކޯޓާއި ފެމިލީ ކޯޓުގައި ޤާޟީކަން ކުރައްވާފައިވާ ބޭފުޅުން

Yoosuf Hussain
އަލްއުސްތާޛު ޔޫސުފު ޙުސައިން
ޤާޟީ
ahmed abdullah
އަލްއުސްތާޛު އަޙްމަދު މުޙައްމަދު
ޤާޟީ
Person gray photo placeholder man in a costume on gray background
އަލްއުސްތާޛު ޢަބްދުލްކަރީމް މުޙައްމަދު
ޤާޟީ
Person gray photo placeholder man in a costume on gray background
އަލްފާޟިލް އަޙްމަދު ސާލިހް އިބްރާހީމް
ޤާޟީ
shuaib fandiyaaru
އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ޤާޟީ
Person gray photo placeholder man in a costume on gray background
އަލްފާޟިލް ޢީސާ އިބްރާހީމް
ޤާޟީ
abdu sattar adam
އައްޝައިޚް އަބްދުއްސައްތާރު އާދަމް
ޤާޟީ
qazi ibrahim ali
އަލްއުސްތާޛު އިބްރާހީމް ޢަލީ
ޤާޟީ
4fd9e04d1b2fd214c4fb76f7dc23fb6f
އަލްއުސްތާޛު މުޙައްމަދު ސަމީރު
ޤާޟީ
5e7ec84510b3fc3ddc1b5a89e05fb629
އަލްއުސްތާޛް އަޙުމަދު ޝަކީލް
ޤާޟީ
443883e9392440578ed30689d298cb78
އަލްއުސްތާޛު ޙަސަން ޝަފީޢު
ޤާޟީ
Hassan Saeed
އަލްއުސްތާޛު ޙަސަން ސަޢީދު
ޤާޟީ
Abdulla Adeeb_Family Court
އައްޝައިޚް ޢަބްދުﷲ އަދީބް
ޤާޟީ
7131fed634efd22b9ca33ec74bb10997
އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު
ޤާޟީ
61738dec80d05f6db7e1f55bf212672c
އަލްއުސްތާޛު އަޙްމަދު މުޞްތަފާ
ޤާޟީ
58a28f3a40456e0a49df147c3217559d
އަލްއުސްތާޛު އިބްރާހީމް މާހިރު
ޤާޟީ